Saturday 27 September 2008

ޑީއެމްޕީ ޒައީމުގެ ރިޔާސީ މެނިފެސްޓޯއަށް 1 އިސްލާހު ޒައީމީ ގަރާރަކުން

 

މެނިފެސްޓޯ ޚަބަރު
ޚުދު ޒައީމު ޓަބްސްއަށް އަދި ޑުރަގުބޯ ގުރޫޕަށް ހާޓެޓޭކު ޖެހިދާނެކަމަށް ބަލާފަ، ޑީއެމްޕީ ޒައީމުގެ ރިޔާސީ މެނިފެސްޓޯއަށް 1 އިސްލާހު ޒައީމީ  ގަރާރަކުން ގެނެސް ދެވަނަ އިސްލާހު މެގަ ޕުރޮޖެކްޓު
ޑުރާފްޓިންގ ކޮމިޓީއަށް ހުށަހަޅައިފި


23 މާރޗް 2008

ދިވެހި މަސައްކަތުމީހުންގެ ޕާޓީ (ޑީއެމްޕީ) ގެ މެގަޕުރޮޖެކްޓު މެނިފެސްޓޯ ގެ އަމާޒުގައި ލިޔެފައިވަނީ "މި ޕާޓީގެ ފުރަދާނަ ޒައީމް މރ. ޓަބްސްގެ ޒައާމަތުގައި 5050 އާ ހަމައަށް ސުލްހަ މަސަލަސްކަންމަތީ، ގައުމިއްޔަތާއެކު، ވެރިކަމުގެ ތަޚުތުގައި ދެމި ތިބުމެވެ. ޕާޓީގެ ޒައީމު ދުނިޔެ ދޫކުރުމަށް ފަހު ނޫނީ ޕާޓީގެ ޒައާމަތަކަށް ބަދަލެއް ނާންނާނެ" މިހެނެވެ. މީގެ އިތުރުންވެސް ވަރަށް ގިނަ ތަންތާނގައި 5050 ގެ ތަސައްވުރަށް ރިއާޔަތްކޮށް މުރާޖައާކުރެވިފައި އެބަވެއެވެ. އެހެންނަމަވެސް، ހަގީގަތުގައި 3042 އަހަރު ޒައީމު ޓަބްސްއަށް ދުނިޔޭގައި ހާޓްއެޓޭކެއް ނުޖެހި ހުރެވޭނަކަމަށް ލަފައެއް ނުކުރެވެއެވެ. ވީމާ 5050  މެނިފެސްޓޯގައި ލިޔެވިފައިވާ ތަންތަން ޒައީމު ޓަބްސްގެ ޒައީމީ ގަރާރަކުން 2050 އަށް 23 މާރޗް 2008 އިން ފެށިގެން ބަދަލުވެ އިސްލާހުވީއެވެ.

މީގެ އިތުރުން،24 ފެބްރުއަރީ 2008 ވަނަ ދުވަހު ދިވެހި މަސައްކަތުމީހުންގެ ޕާޓީ (ޑީއެމްޕީ) ގެ މެގަޕުރޮޖެކްޓު މެނިފެސްޓޯ އާންމުކުރި އިރު، 'ޑުރަގުގެ ވަބާއިން ސަލާމަތްވުން' މި ސިޔާސަތުގައި ހުށަހަޅާފައިވާނީ، ' ޖުމްލަ 4 ގަޑި އިރު ތެރޭގައި މިހާރު ޑުރަގު ޑީލުކުރާ މީހުންނާ، ބޯ މީހުން ނައްތާލެވޭނެއެވެ. އެންމެ ޚަރަދުކުޑަކޮށް މިކަން ކުރެވޭނީ ބޮޑެތި ބާޖުގައި އެމީހުން ގެންގޮސް ކޮންމެސް ފުން ދިމާލަކަށް ފަހަރަކު މީހަކު ގަންބާނީއެވެ. ޚަރަދު ބޮޑުކޮށް ކުރާނަމަ، ކ، މާފުށީ ޖަލަށް އެ އެންމެ ގެންގޮސް ބަޑިގުދަންކާރީ ތިބެގެން ވަޔަށް، ޖައްވަށް، ފަޒާޔަށް ބަޑި ޖަހާނީއެވެ. އިސާހިތަކު އެއްވަޒަށް އަނެއްވަޒަނުގައި ޖެހި ނުކިއްސަރުވެގެން ގޮސް މީހުންކޮޅުގެ ބޮލަށާ އެތަން މިތަނަށް އަރައިދާނެއެވެ. މި ކަމަކީ ޑީއެމްޕީގެ ޒައީމު ވަރަށް ހިތާމަ ކުރާ ކަމެކެވެ. އެކަމަކު ގައުމީ ސަލާމަތައްޓަކައި ކޮންމެހެން ކުރަން ޖެހޭނެ ކަމެކެވެ. ' އެހެންނަމަވެސް، ފަހުގެ ޓެކްނޮލޮޖީ (އީމެއިލް، އެސްއެމްއެސް، އެމްއެސްއެން އަދި ފޭސްބުކް) ގެ ޒަރީޔާއިންނާއި ޒައީމު ޓަބްސްގެ ދަތުރުތަކުން ލިބުނު މައުލޫމާތާއި ޚިޔާލުތަކުގެ މައްޗަށް ރިއާޔަތްކޮށް، މި މާއްދާ އަލުން އިސްލާހުކުރަން މެގަޕުރޮޖެކުޓު މެނިފެސްޓޯ ލިޔާ ކޮމިޓީއަށް މިހާރު ވާނީ ހުށަހެޅިފައެވެ.

އަދި ރިޔާސީ ކެމްޕޭނު ނުވެސް ފެށެނީސް ކުއްލިއަކަށް މި މާއްދާ އިސްލާހު ކުރަން ޖެހުނު ސަބަބާއި، އިސްލާހުކުރެވޭ މާއްދާގެ ނަކަލު ތިރީގައި އެވަނީއެވެ.

މާއްދާ އިސްލާހުކުރަންޖެހޭ ސަބަބު:
މި މާއްދާގައިވާ ގޮތުން ޑުރަގު ޑީލުކުރާ މީހުންނާއި، ޑުރަގު ބޯ ހުރިހާ އެންމެން މިއޮތީ ކަނޑު ފައްތާ ގޮތަށެވެ. ވީމާ، ފުންކޮށް ވިސްނާލާއިރު، އެ ޑީލަރުންނާއި، ބޯމީހުން އަދި އެމީހުންގެ އާއިލާތަކާއި އެކުވެރިންނަށް މިކަމުގެ ސަބަބުން ހާޓުއެޓޭކް ޖެހުމަކީ ވަރަށް ގާތްކަމެކެވެ. މެނިފެސްޓޯގައި މިބައި ހިމެނި އިރު ޒައީމު ޓަބްސް ހާޓުއެޓޭކު މީ ޖެހޭ އެއްޗެއްކަން އެވަގުތު  'ހަނދާންނެތުނީ' މައެވެ.

މާއްދާ އިސްލާހުކުރަން ހުށަހެޅޭގޮތް:
ރާއްޖޭގައި މިހާރު މިއޮތް ޑުރަގުގެ ވަބާއިން ސަލާމަތްވުމަށް އެންމެ ކަމުދާގޮތެއްކަމަށް ފަހުގެ ހޯދުންތަކާއި ދިރާސާތަކުން ދައްކަނީ ޑުރަގު ހޯދަން އެނގޭ ކުއްތާ ގިނަ އަދަދަކަށް ރާއްޖެއަށް އެތެރެކޮށް ވަކި ނިސްބަތަކުން ރަށުތެރެޔަށް ދޫކޮށްފައި ބޭތިއްބުމެވެ. މިގޮތުން އާބާދީގެ ކޮންމެ 1000 މީހަކަށް 5 ކުއްތާގެ ރޭޓުން ރަށުތެރެޔަށް ދޫކޮށްފައި ބަހައްޓާނީއެވެ. އޭރުން ގޭގޭ ފާރުބުޑުގައި ބިޑިޔެއް އަނބުރާލާއިރަށް ކުއްތާތައް ވައްވައް ޖަހައިގަތީމާ ބިޑިޔަކަށް ބިޑިޔެއް ދޫކޮށް ބޯ މީހުން ދުވެ ރައްކާވާނެއެވެ. ހަމަ މިފަދައިން، ޑީލުކުރާމީހުންވެސް ޕެކެޓާއި ބުލެޓު ޖީބަށްލައިގެން އުޅޭނެ ފުރުސަތު ގެއްލޭނެއެވެ. އިސާހިތަކު ކުއްތާތަކުގެ އުނދަގުލާހެދި މައްސަލަ ހައްލުވެދާނެއެވެ. މި ކުއްތާތައް ފުރަތަމަ ބުރުގައި ގެންނާނީ ސީދާ އިނގިރޭސި ވިލާތުން،  ހުރިހާ ބާވަތެއްގެ ޑުރަގުގެ ވަސްބެލުމުގެ ތަމްރީނު ދިނުމަށްފަހުއެވެ. އަދި،  އޭގެ ފަހުން ކުއްތާ ތަމްރީނުކުރާ ވަކި ރަށެއް އާންމު އުސޫލުން ބިޑުކޮށްގެން ދޫކުރެވޭނެއެވެ. ބިޑު ޑޮކިޔުމެންޓެއްގެ އަގަކީ 10،000 ރުފިޔާއެވެ. ބޭރު މީހެއްނަމަ ގާތްގަނޑަކަށް ހަމަ އެ ރޭޓުން 1000 ޑޮލަރެވެ.

ޒައީމު ޓަބްސް ދެކިފުޅުވަޑައިގަންނަވާ ގޮތުގައި މިހާ އަވަހަށް ޑީއެމްޕީގެ މެގަޕުރޮޖެކްޓު މެނިފެސްޓޯއަށް އިސްލާހު ހުށަހަޅަން ޖެހުމަކީ ކޮންމެހެން ލަދުގަންނަންޖެހޭކަމެއް ނޫނެވެ. އަދި ވަކިން ޚާއްސަކޮށް އެކަމަކީ ބަޔަކަށް ހާޓުއެޓޭކު ޖެހޭފަދަ ކަމެއް ނަމަ ވީހާވެސް އަވަހަށް ގައުމީ ވަހުދަތާއި، ސުލްހަ މަސަލަސްކަން ދެމެހެއްޓުމަށް އިޚުލާސްތެރިކަމާއެކު ކޮންމެހެންވެސް ކުރަން ޖެހޭނެކަމެކެވެ. މީހަކު ނުވަތަ ބަޔަކު ކިޔާހާ އެއްޗަކަށް ބަލާކަށް ނުޖެހޭނެއެވެ.

No comments: