Saturday 27 September 2008

މެގަ ޕުރޮޖެކްޓު މެނިފެސްޓޯއިން އެހެން ޒައީމުން މައުލޫމާތު ކޮޕީ ކުރާތީ ޑީއެމްޕީގެ ޒައީމު ވަރަށް ބޮޑަށް އެކަމާ އިހުތިޖާޖުކޮށްފި

 

ޚަބަރު މުރާޖައާ
މެގަ ޕުރޮޖެކްޓު މެނިފެސްޓޯއިން އެހެން ޒައީމުން މައުލޫމާތު ކޮޕީ ކުރާތީ ޑީއެމްޕީގެ ޒައީމު ވަރަށް ބޮޑަށް އެކަމާ އިހުތިޖާޖުކޮށްފި


2 މާރޗް 2008

މިދިޔަ ހަފްތާގައި ނެރުނު ދިވެހި މަސައްކަތުމީހުންގެ ޕާޓީގެ މެގަ ޕުރޮޖެކްޓު މެނިފެސްޓޯއިން އެހެން ޒައީމުން މައުލޫމާތު ނަގާ ކޮފީ ކުރާތީ އެކަމަށް ޑީއެމްޕީގެ ޒައީމު ވަރަށް ހައިރާންފުޅާއި އަންތަރީސްފުޅު ވެވަޑައިގެން ހުންނަވާ އިހުތިޖާޖުކޮށްފިއެވެ. ފޯނުން ޑީއޯއަށް ދެއްވި ބަސްދީގަތުން ފުޅެއްގައި އެމަނިކުފާނު ވިދާޅުވީ 'މިކަމުން އެނގެނީ އެހެން ޒައީމުންގެ ސިޔާސީ ބުރަދަނެއް ނެތްކަން' ކަމެވެ. ކޮންމެއަކަސް ޒައީމު ޓަބްސް ހުންނެވީ މިކަމާ ވަރަށް ނުރުހުންވެފައެވެ.

އިހުތިޖާޖު ކުރުމަކީ ކޯޗެއްކަންވެސް، ގިނަ ދިވެހިންނަށް އަދިވެސް ނޭނގޭ ފަދައިން ޒައީމު ޓަބްސަކަށްވެސް ނޭނގޭ ކަމަށްވެސް އެމަނިކުފާނުގެ ބަސްދީ ގަތުން ފުޅުގައި ވިދާޅުވިއެވެ. ޕާޓީ ރަޖިސްޓަރ ކުރުމުގެ ކަންތައް ކިހާ ހިސާބެއްގަތޯ އެހުމުން ވިދާޅުވީ  'މެނިފެސްޓޯ އެއޮތީ ނެރެފާ...' ކަމަށެވެ.

މިދިޔަ ހަފްތާގައި ކޮންމެސް ޒައީމެއް، މެގަ ޕުރޮޖެކްޓޭ، ނުވަ އެއާޕޯޓޭ ކިޔައިގެން އަނގަ ގެޅުއްވިއެވެ. އެއީ ޑީއެމްޕީގެ މެގަ ޕުރޮޖެކްޓު މެނިފެސްޓޯ ނެރުނުފަހުންނެވެ.

 

ދިވެހި މަސައްކަތުމީހުންގެ ޕާޓީގެ 'މެގަ ޕުރޮޖެކްޓު' މެނިފެސްޓޯގެ ދެވަނަ ބާބު

No comments: